Saturday, October 31
މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފި

މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްކޭޓިން އެރީނާގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމެވެ.

ސްޕީޑް ސްކޭޓިން ޓްރެކްއަކާއި ސްކޭޓް ބޯޑް ޕާކެއް ހިމެނޭ ގޮތަށް ތަރައްޤީ ކުރެވޭ ސްކޭޓިން އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސްކޭޓް އެރީނާގެ މަސައްކަތަކީ އާރުސީސީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު