Saturday, October 31

ޗައިނާގެ ޔަންޗެންގައި ބޭއްވި "2025 ވޯލްޑް ކޯސްޓަލް ފޯރަމް"ގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ.

މިދިޔަ މަހުގެ 24 އިން 25 އަށް ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސްގެ ޔަންޗެންގައި ބޭއްވި 2025 ވޯލްޑް ކޯސްޓަލް ފޯރަމްގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފްއާއި ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އަޝްވާޤު ބައިވެރިވެވަޑައިގެންނެވިއެވެ.

2025 ވަނަ އަހަރުގެ ވޯލްޑް ކޯސްޓަލް ފޯރަމްގެ ހައި-ލެވެލް ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވަނީ ދިވެހިރާއްޖެއިން ގޮނޑުދޮށްތަކާއި ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ގޮނޑުދޮށްތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުމަށް ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ގޮވާލެއްވިއެވެ.

ދެމެހެއްޓެނިވި އިޤްތިސާދެއް ބިނާކުރުމަށާއި މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންވެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ޓަކައި މަޢުލޫމާތާއި، ޓެކްނޮލޮޖީއާއި، މާލީ އެހީތެރިކަން ބަދަލުކުރުން އިތުރުކުރަން ޖެހޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސްގެ ޔަންޗެންގ ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ސަރުކާރުގެ އިސް ވެރިންނާއި، ޑިޕްލޮމެޓުންނާއި، މާހިރުން ބައިވެރިވެވަޑައިގެން ގޮނޑުދޮށުގެ ތިމާވެށި ރައްކާތެރިކުރުމާއި މުޅި ދުނިޔޭގައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ކުއްލިގޮތެއްގައި ކުރަންޖެހޭ މަސައްކަތްތަކާ މެދު މަޝްވަރާކުރެއްވިއެވެ.

 

2025 ވަނަ އަހަރުގެ ވޯލްޑް ކޯސްޓަލް ފޯރަމް ފެށުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސްގެ ޔަންޗެންގ ގައެވެ. ދެ ދުވަހުގެ މުއްދަތަކަށް ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސްގެ ޔަންޗެންގ ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ސަރުކާރުގެ އިސް ވެރިންނާއި، ޑިޕްލޮމެޓުންނާއި، މާހިރުން ބައިވެރިވެވަޑައިގެން ގޮނޑުދޮށުގެ ތިމާވެށި ރައްކާތެރިކުރުމާއި މުޅި ދުނިޔޭގައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ކުއްލިގޮތެއްގައި ކުރަންޖެހޭ މަސައްކަތްތަކާ މެދު މަޝްވަރާކުރެއްވިއެވެ.

"2025 ވަނަ އަހަރުގެ ވޯލްޑް ކޯސްޓަލް ފޯރަމްގެ ޝިއާރަކީ ރީތި ގޮނޑުދޮށްތައް: "ތިމާވެށީގެ އިސްކަމާއި ފެހި ތަރައްޤީ" އެވެ.

މި ފޯރަމްގައި، ގޮނޑުދޮށުގެ ސަރަޙައްދުތަކުގައި ތިމާވެށީގެ ނިޒާމަށް ބިނާކޮށް ކާރިސާގެ ނުރައްކާ ކުޑަކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދެވަނަ ބުރަށް ހުށަހެޅުންތަކަށް ވަނީ ހުޅުވާލާފައެވެ.

މި ފޯރަމްގެ މަގުސަދަކީ ގޮނޑުދޮށުގެ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމާ މެދު މުޅި ދުނިޔޭގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ގޮނޑުދޮށުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު