Tuesday, November 3
އައްޑޫ ދޮންހެރަ ހަލާލް ޓޫރިޒަމަށް ތަރައްޤީކުރުމަށް ނިންމައިފި

ޓޫރިޒަމަށް ތަރައްގީ ކުރަން އެކި ސަރުކާރުތަކުން މީގެ އެތައް އަހަރެއް ކުރިއްސުރެ މަސައްކަތްކޮށްފައިވާ އައްޑޫ ހަންކެޑެ، ހަލާލް ޓޫރިޒަމް ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރަން މީގެ ކުރިން ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް އިންޓަގްރޭޓެޑް ޓޫރިޒަމަށް ދާން ކަނޑައަޅައިި އެވެ.

އައްޑޫ މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ހަލާލް ޓޫރިޒަމްގެ ކޮންސެޕްޓަށް ތަރައްގީ ކުރަން ނިންމައި އެކަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރީ މި އަހަރުގެ ޖޫން 29 ގަ އެވެ.Real estate tourism ah Hankede dhookuri garaaru uvaalaifi

ހަންކެޑެއާ ގުޅޭ ގަރާރާއި އެއްބަސްވުން އުވާލާފައިވާ ކަން ފާހަަކުރައްވައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވީ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަަރައްގީކުރަން ބިޑަށް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

" ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި، ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މިދަނީ ކުރަމުން،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ އަމާޒަކީ މި ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިދައުރުގައި މިރަށް އޮޕަރޭޝަންސްއަށް ގެނައުމެވެ. ‏އަދި ހަމައެއާއެކު، އައްޑޫ ސިޓީގެ ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް މިނިސްޓްރީގެ ފަރާތުން މިއަދު ބީލަމަށް ހުޅުވާލެވިގެން ދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެ މިނިސްޓްރީން އެ ދުވަހު ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ނިންމާފައިވާ އިރު އޭގެ ތެރޭގައި ހަންކެޑެ ވެސް ހިމެނޭ ކަމަށެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން 2005 ވަަނަ އަަހަރު، ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސަރުކާރުން މަސައްކަތް ފެށި ފަހުން، ހަންކެޑެ ތަރައްގީ ކުރަން އެކި ސަރުކާރުތަކުން ތިން ފަހަރެއްގެ މަތިން އެކި ފަރާތްތަކާ ހަވާލުކުރި އެވެ.

ހަންކެ ތަރައްގީ ކުރަން އެންމެ ފަހުން ބަޔަކާ ހަވާކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު އެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމަށް އެ ރަށް ތަރައްގީ ކުރަން އެ ފަހަރު ހަވާލުކުރީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާ އެވެ.

އެ ގޮތަށް ތަރައްގީކުރުމަށް ޓަކައި އެ ރަަށުގެ ސްޓޭޓަސް ބަދަލުކުރަން ނެރުނު ގަރާރު ރައީސް މުއިއްޒު އިއްޔެ ވަނީ އުވާލައްވައިފަ އެވެ. ފަންޑު މެނޭޖްމަންޓާ ހަންކެޑެ ހަވާލުކުރަން ހެދި އެއްބަސްވުން އޭގެ ކުރިން އޮތީ އުވާލައިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު