އާދިއްތަ, November 1
މަންދޫގައި ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އދ. މަންދޫގައި ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ސްޕޯރޓްސ،ް ފިޓްނެސް އެންޑް ރިކްރިއޭޝަން ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ސްޕޯރޓްސ،ް ފިޓްނެސް އެންޑް ރިކްރިއޭޝަން ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ރާފިޢުއެވެ.

އދ. މަންދޫ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ވަށައި ފާރެއް ރޭނުމާއ،ި ސްޓޭޑިއަމްގައި ބައްތި ހަރުކުރުމާއ،ި ސަބްބޭސް ތައްޔާރު ކުރުމާއ،ި ޓާރފް އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ.

މި މަސައްކަތަކީ 11.48 މިލިއަން ރުފިޔާއަށް 210 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު