Tuesday, November 3
ރާއްޖޭގައި 284 ހާފިޒުން އެބަތިބި: މިނިސްޓަރ ޝަހީމް
ރާއްޖޭގެ ޙާފިޒުންގެ ޖުމުލަ އަދަދު މިވަގުތާ ހަމައަށް 284 އަރައިފިކަމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުހައްމަދު ޝަހީމު ވިދާޅުވެއްޖެއެވެ.

މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި ޒުވާނުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެންމެ ގިނައިން ދަރިވަރުން ތިބީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައާއި ޢިލްމް އިންސްޓިޓިއުޓްގައިކަމަށެވެ. ވަޒީރު ޝަޙީމް ވިދާޅުވީ އަންނަ އަހަރުގެ ރަމަޟާންމަހުގެ 27 ވިލޭރޭ 50 ޙާފިޒުން ދަސްވެނިވާނެކަމަށް ލަފާކުރެވޭކަމަށެވެ. މިދިޔަ ރޯދަމަހު ދަސްވެނިވެފައިވަނީ 24 ޙާފިޒުންނެވެ. މިނިސްޓަރ ވިދާޅުވީ މި 5 އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަށް އަރާނެކަމަށެވެ.

ޙާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށް ދެއްވާފައިކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޙާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޙާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށްދެއްވާފއެވެ. އެގޮތުން މިހާރު ޙާފިޒުންނަށް 4000 ރުފިޔާގެ އިނާޔަތެއް ދޭން ވަނީ ފަށްޓަވާފައެވެ.

މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ރައީސް ވަނީ ނިންމަވާފައެވެ.

ޙާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށް ދެއްވާފައިކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު