Saturday, October 31
ބިލެތްފަހި މަސްވެރިންނަށް ހުރި ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި

ށ.ބިލެތްފަހި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކޮލަމާފުށި ކައުންިސލުން ވުޒާރާގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރ އަހުމަދު އާތިފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދުއާއި ކައުންސިލްގެ ނައިބު ރައީސް އަލީ އަސްލަމް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، ށ. ބިލެތްފަހި ކައުންސިލުން ރަށުގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އަދި ރަށުގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލުތައް ހޯދައިދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

ބިލެތްފަހި ކައުންސިލުން އެދުނުގޮތަށް ވަދުކަނދުފަތި ގާއިމްކުރުން އަވަސްކުރުމާއިމެދުވެސް ވަނީ މަޗްވަރަކޮށްފައެވެ. މީގެ އިތުރުން ފަރުމަހުގެ މަސްވެރިންނަށް ފަސޭހައިން އައިސްލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ގުޅޭގޮގުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު