Saturday, October 31
ނ.މާފަރު އިރުން 9 މޭލު ބޭރުގައި ކަނދުފަތި ޤާއިމްކޮށްފި
ނ އަތޮޅު މާފަރު ބޭރުގައި ދޮށީ ކަނދުފައްޗެއް ޤާއިމްކޮށްފިއެވެ. ދޮށީ ކަނދުފަތި ނަންބަރަކީ:  E10D01-03  އެވެ. ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މިއަދު ނ.މާފަރު ދޮށީ ކަނދުފަތި، ހަރުކޮށްފައިވަނީ ނ.މާފަރު އިރުން 9 މޭލު ބޭރުގައެވެ. މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެކެވެ. ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. މީގެއިތުރުން ކުރިއަށް އޮތް ތަނުގައި އިތުރު ކަނދުފަތި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އެންމެފަހުން ކަނދުފަތި ހަރުކުރީ ހުވަދުއަތޮޅާއި ފުވައްމުލަކުގައެވެ. ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް މި މުޒާރާއިން ވަނީ ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު