Saturday, October 31
އައްޑޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ 1:17 ހާއިރު ކަމަށެވެ.

މިގޮތުން މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ސަންރީފް. ޢަލީ އަސްޢަރު (30އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ކަމަށް ފުލުހުން ހާމަކުރެއެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހައިފައެވެ.

ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވީ 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާއަށް ފަރުވާދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކަމަށެވެ. އަދި އެ މީހާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު