Saturday, October 31
މިއަހަރު 91 ރަށަކަށް އޭޓީއެމްގެ ޚިދުމަތް ދީފި

މިއަހަރުގެ މިހާތަނަށް ރާއްޖޭގެ 91 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މިއަހަރުގެ މިހާތަނަށް 91 ރަށުގައި ބީއެމްއެލް އޭޓީއެމް ޤާއިމްކޮށް 122،000އަށްވުރެ ގިނަ މުޢާމަލާތް އެތަންތަނުން ކޮށްފައިވާކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަޝްރޫޢުގެ ދަށުން މިއަހަރުގެ މިހާތަނަށްވަނީ 91 ރަށެއްގައި އޭޓީއެމް ވަނީ ހުޅުވާފައެވެ. މިއޭޓީއެމް މެދުވެރިކޮށް 122000 މުޢާމަލާތުކޮށްފައިވާކަމަށް ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މުއާމަލާތްތަކުގެ ފައިސާގެ ޖުމްލަ އަދަދު 313 މިލިޔަން ރުފިޔާއަށް އަރާއިރު، ޖަމާކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދު 145 މިލިޔަން ރުފިޔާއަށް އަރައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބީއެމްއެލްގެ އޭޓީއެމް ވިއުގައިން މާލޭގައި ދުވާލަކު 14،000 ޓްރާންސެކްޝަން ހަދައި 78 މިލިއަން ރުފިޔާ ދައުރުކުރެއެވެ. އަދި އަތޮޅުތަކުގައި ދުވާލަކު 9،000 ޓްރާންސެކްޝަން ހަދާއިރު ދައުރުކުރާ ފައިސާގެ އަދަދަކީ 25 މިލިއަން ރުފިޔާއެވެ.

މާލެ ފިޔަވައި ބީއެމްއެލް އޭޓީއެމް ގާއިމުކޮށްފައިވާ ރަށްތަކުގެ އަދަދު މިހާރު 187 އަރާއިރު، ބީއެމްއެލް އޭޓީއެމްތަކުގެ ޖުމުލަ އަދަދު މިވަނީ 246 އަރާފައެވެ.

ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް އެންމެފަހުން ފަށާފައިވަނީ ރ. އަތޮޅުގެ 9 ރަށެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު