Saturday, October 31
ރާއްޖެ އިސްލާމްވި ހާދިސާއާ ބެހޭ ކުޑަކުދީންގެ ވާހަކައެއް ޔޫ.އޭ.އީގައި ޝާއިޢުކޮށްފި

ދިވެހިރާއްޖެ އިސްލާމްވި ހާދިސާ އަސްލަކަށް ބަލައިގެން، ކުޑަކުދީންނަށް އަމާޒުކޮށް ލިޔެފައިވާ ވާހަކައެއް ޔޫ.އޭ.އީގެ ޝާރްޖާގައި ޝާއިޢުކޮށްގެން ނެރެފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ސެޕްޓެންބަރު މަހުގެ 22އިން 26އަށް ޝާރުޖާގައި ކުރިޔަށް ދިޔަ، ޝާރުޖާ ނެރޭޓަރސް ފޯރަމް 2025ގައި ނެރުނު މި ވާހަކައިގެ އަސްލު ލިޔެފައިވަނީ ޢަރަބި ބަހުންނެވެ. ޝާރްޖާގެ ހެރިޓޭޖު އިންސްޓިޓިއުޓުން ނެރުނު މި ވާހަކަ ލިޔުނީ ނޫރާ ޚައްޔާލެވެ.

"މަލްދީފިއްޔަން ޖަޒީރަތުއްނޫރު" މި ނަމުގައި އަރަބި ބަހުން ލިޔެ ޗާޕުކޮށްފައިވާ މި ވާހަކައިގެ ކޮޕީއެއް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް ވެދުން ކުރައްވަމުން ނޫރާ ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވީ ދުވަހާއި ނޫރާގެ އުފަން ދުވަހާ އެއީ އެއް ދުވަހެއް ކަމަށާއި، މި ފޮތް ނެރެ ދިވެހި ރާއްޖޭގެ ވަޒީރަށް ވެދުމަށް މި އެރުވެނީ މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހުގައި ކަމަށްވާތީ، އެ އިއްތިފާޤަށްޓަކައި ވަރަށް އުފާކުރައްވާ ކަމަށެވެ.

ދިވެހިބަހާ ވުޒާރާއިން ހާމަކުރި ގޮތުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ނޫރާއަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއާ ބެހޭ އެހާ މުހިންމު ވާހަކައެއް ލިޔުއްވީތީ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެ ރަމްޒުވާ ބައެއް ހަނދާނީ ހަދިޔާ ލިޔުންތެރިޔާއަށް ދެއްވާފައެވެ.

ނޫރާގެ ވާހަކައިގެ އިނގިރޭސި ކޮޕީ ވެސް މިހާރު ވަނީ ނެރެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު