Tuesday, November 3
މަތިވެރިއާއި ރިނބުދޫގައި މިސްކިތް ބިނާކުރަން ހަވާލުކޮށްފި

އއ. މަތިވެރީ އާއި ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އެޅުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.

އއ. މަތިވެރީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަވާލުކުރީ، ކޭ އެންޑް އެފް ހޯލްޑިންގއާއެވެ. މި މިސްކިތުގެ މަސައްކަތް ނިމޭއިރު ނަމާދު ކުރާ ބައެއްގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމް ހުންނާނެއެވެ. ދ. ރިބުނދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމަށް ހަވާލުކުރީ އަފާމީ މޯލްޑިވްސްއާއެވެ. ރިނބިދޫގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ނިމޭއިރު ނަމާދު ކުރާ ބައެއްގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމް ވެސް ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ދެ މިސްކިތްވެސް ތަރައްޤީކުރަނީ ތިމާވެއްޓާ ރައްޓެހިކޮށް، އަވިން ހަކަތަ އުފައްދާ ނިޒާމު މެދުވެރިކޮށް ކަރަންޓު ދޭގޮތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު