Saturday, October 31
ނޭޕާލް އަންހެން މީހާއަށް ހަމަލާދިން މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވާކަމުގެ މަޢުލޫމާތު އިއްޔެ 12:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ނިޔާވެފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ 21 އަހަރުގެ އަންހެނަކަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަގަންގިރް މިޔާ (25 އ) އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާއިރު، ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާ ފުޓޭޖު ބަލައިގެންނާއި، އެހެނިހެން ގޮތްގޮތަށް ތަޙުޤީޤުގެ ތެރެއިން ކުރެވުނު މަސައްކަތުން މީހާ ދެނެގަނެ ލޮކޭޓް ކޮށްގެން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް 2 އިންނެވެ.

ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ފަހު ސެޕްޓެންބަރު 27 ވަނަ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު