ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން "ސަޤާފީ ސައި"ގެ ނަމުގައި އެ ޔުނިވާސިޓީގެ ހުރިހާ ދަރިވަރުންނަށް ޚާއްސަ ޙަފްލާއެއް ބާއްވައިފިއެވެ.
މި ޙަފްލާއަކީ އެމް.އެން.ޔޫގައި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ބޭރު ދަރިވަރުންނަށް ޚާއްސަކޮށް ބޭއްވުނު ޙަފްލާއެކެވެ. 10 ޤައުމެއްގެ 20 ދަރިވަރުންނަށް ވުރެ ގިނަ ދަރިވަރުން މި ވަގުތު ދަނީ އެމް.އެން.ޔޫގައި މަތީ ވަނީ މި ޙަފްލާގައި ބައިވެރިވެފައެވެ. އެ ދަރިވަރުންނާއި މުޙާތަބުކޮށް އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ ވާހަކަ ދައްކަވައިފައެވެ.
Today, MNU hosted our very first International Student Gathering – Sagaafee Sai! A milestone moment as our global MNU community continues to grow!
With inspiring words from our Vice Chancellor, Dr. Aishath Shehenaz Adam, and the incredible support of the MNUSU team, the event… pic.twitter.com/iomcGdCxve
— The Maldives National University (@MNUedu) September 27, 2025
ވައިސް ޗާންސެލަރ ގެ ވާހަކަފުޅުގައި، އެމް.އެން.ޔޫގެ ސްޓޫޑަންޓް ޔުނިއަންގެ ފަރާތުން މި ޙާފްލާ އިންތިޒާމްކުރުމަށް ދެއްވެވި އެއްބާރުލުމަށް ވަނީ ޝުކުރު ޢަދާކުރައްވައިފައެވެ. އަދި މިފަދަ ޙަފްލާތަކުގެ ސަބަބުން ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް އެ ދަރިވަރުންގެ ސަޤާފަތް ތަމްޞީލުކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިވެގެންދާނެކަން ވަނީ ފާހަގަކުރައްވައިފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން ތަފާތު އެކި ޔުނިވާސިޓީތަކާއި ގުޅިގެން ދިރާސާތަކާއި އެކު ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް އެތަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން ބޭރުގެ ޤައުމުތަކުން ދިވެހިރާއްޖެ އިން މަތީ ތަޢުލީމު ޙާޞިލުކުރުމަށް އަންނަ ބޭރު ދަރިވަރުންގެ އަދަދު އިތުރުވުމުގެ މަގުފަހިވެގެންދާނެއެވެ.





