އާދިއްތަ, November 15
ލިލީ އެފް އެންޑް ބީ ސަޕްލަޔާޒް 1 ބާޒާރުގައި ރޯވި އަލިފާން ނިއްވައިލައިފި

ބާޒާރުމަތީ މަސްމާރުކޭޓު ކައިރީގައި ހުންނަ ލިލީ އެފްއެންޑްބީ ސަޕްލަޔާޒް 1 ބާޒާރުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވައިލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ 01:00ހާ އިރު ކަމަށެވެ. އަދި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށާއި، ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން ނިއްވާލެވުނީ ރޭ 02:39 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަރފައިޓަރަކު ހާލުދެރަވެގެން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެވުނު ކަމަށާއި، މީގެ އިތުރުން އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވާ ކަމަށެވެ.

ނަމަވެސް އަލިފާން ރޯވިތަނުގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ގެއްލުންވެ ތަނުގެ ފުރާޅުން ބައެއް ވެއްޓިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު