އޭގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލަށް ކުރި ޚަރަދަކީ 3805914.96 ރުފިޔާއެވެ. ޓްރީޓޮޕް ހޮސްޕިޓަލަށް ޚަރަދުކޮށްފައިވަނީ 4871818.26 ރުފިޔާއެވެ. ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކުން ރާއޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހަމަޖައްސާދެވުނު ބަލީގެ ތަފްޞީލަށް ބަލާއިރު، އޭޑީކޭ ހޮސްޕިޓަލަށް އެންމެ ގިނައިން ފަރުވާހޯދާފައިވަނީ ވެހިއެމުގެ ފަރުވާއަށެވެ.އެއީ 48 ކޭސްއެވެ. ނަމަވެސް އެންމެ ގިނަ ފައިސާ ޚަރަދުކޮށްފައިވަނީ މައިބަދަ އަދި ނާރުގެ ބަލިތަކަށެވެ. އެއީ 634898.10 ރުފިޔާއަށެވެ. ޓްރީޓޮޕް ހޮސްޕިޓަލަށް ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު، އެންމެގިނައިން ފަރުވާހޯދާފައިވަނީ ވެހިއެމުގެ ފަރުވާއަށެވެ.އެއީ 72 ކޭސްއެވެ. ވިހެއުމުގެ ޚަރަދަށް 753131.12 ރުފިޔާ ޚަރަދުކުރިއެވެ. އެންމެ ގިނައިން އެ ހޮސްޕިޓަލަށް ޚަރަދުކޮށްފައިވަނީ ކަށީގެ ބަލިތަކަށެވެ. އެގޮތުން 1091213.16 ރުފިޔާ ކަށީގެ ބަލިތަކަށް ޚަރަދުކޮށްފައިވެއެވެ.ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހަމަޖައްސާދެވުނު ގޮތުގެ ތަފްސީލް އޮގަސްޓް 2025 pic.twitter.com/Eori7yBKiW
— NSPA (@NSPAmaldives) September 27, 2025
މީގެ އިތުރުން އޮގަސްޓްމަހު ބޭސްފަރުވާގެ އެހީގެ މެދުވެރިކޮށް އެހީ ހަމަޖައްސައިދެވުނު އެސިސްޓިވް ޑިވައިސްތަކުގެ ތަފްޞީލްވެސް ވަނީ އާއްމުކޮށްފައެވެ. އެގޮތުން އެކަމަށް ޖުމުލަ 4752674.03 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުުވެރިކޮށް ބޭސްފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ އާލާތްތައް އަދި މެޝިން ހޯދުމަށް އެހީ ހަމަޖައްސާދެވުނު ގޮތުގެ ތަފްސީލް އޮގަސްޓް 2025 pic.twitter.com/bx96PnDVzQ
— NSPA (@NSPAmaldives) September 27, 2025






