Saturday, October 31
ނޭޕާލް މީހާ ޒަޚަމްކޮށްލި މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވާކަމުގެ މަޢުލޫމާތު މިއަދު 12:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީގައި ނިޔާވެފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ 21 އަހަރުގެ އަންހެނަކަށް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަގަންގިރް މިޔާ (25 އ) މިއަދުގެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާ ފުޓޭޖު ބަލައިގެންނާއި، އެހެނިހެން ގޮތްގޮތަށް ތަޙުޤީޤުގެ ތެރެއިން ކުރެވުނު މަސައްކަތުން މީހާ ދެނެގަނެ ލޮކޭޓް ކޮށްގެން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް 2 އިންނެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު