Saturday, October 31
ރާއްޖެ އާއި ފިލިޕީންސް އާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެ އާއި ފިލިޕީންސް އާ ދެމެދު، ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ މެދުގައި ސިޔާސީ މަޝްވަރާތަކުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ އެމެރިކާގެ ނިއުޔޯކް ގައި ބޭއްވޭ އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ދައުރުގެ ހަވާސާގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި ފިލިޕީންސް ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު މާރިއާ ތެރޭސާ ޕީ. ލަޒާރޯ އެވެ.

ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ މަޤްޞަދަކީ ދެ ޤައުމުގެ މެދުގައި ކުރީއްސުރެ އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަޞްލަޙަތު ކުރިއެރުވުމަށް އެއްބާރުލުން ދިނުމެވެ. މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ދެ ސަރުކާރުގެ މެދުގައި ވެވޭ މުހިންމު އެއްބަސްވުންތަކާއި ވާހަކަތައް ހަރުދަނާކަމާއެކު ތަންފީޒު ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށާއި، ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ބަދަލުކުރުންތައް އިތުރު ކުރުމަށްވެސް މަގު ފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު