ކޮޅުމަޑުލު ތިމަރަފުށި ބަނދަރު ހެދުމުގެ މަޝްރޫޢު ކޮންޓްރެކްޓަރާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޫޢު ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލުގެ ރަށްތަަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިމަރަފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ. ތ. ތިމަރަފުށި ބަނދަރު ހެދުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަ އަޙުމަދު ސަޢުދީއެވެ.ތިމަރަފުށީ ބަނދަރު ހެދުމަށް އެމްޓީސީސީ އާ ހަވަލުކޮށްފި

މި ލިޔުން ކިޔާލުމުން





