އާދިއްތަ, November 1
ރައީސްގެ ޝުކުރު ވ،މ،ފ އަދި ތ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް!

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން ވިދާޅުވި މަރުޙަބާއާއި ދެއްވި މެހުމާންދާރީއަށްޓަކައި އެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝުކުރުއަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު ރަށްކަމަށްވާ، ތިމަރަފުށީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ހުރިހާ އަތޮޅަކުން އެމަނިކުފާާނާއި، އެމަނިކުފާނުގެ ޓީމަށް ކިޔުއްވި މަރުހަބާއާއި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

'"ހުރިހާ އަތޮޅެއްގެ ހުރިހާރަށެއްގެ ރައްޔިތުންނަށްވެސް އަޅުގަނޑު ހަމަ ޝުކުރުދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. ހުރިހާ ރަށެއްގެ ރައްޔިތުންވެސް ވަރަށް ބޮޑަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔުއްވި.ވަރަށް ގާތް މެހުމާންދާރީއެއް އަދާކުރެއްވި"' ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަނީ ޒިޔާރަތްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު