އާދިއްތަ, November 1
ގާދިއްފުށީ އެފްއާރުސީގެ ޢަމަލީ މަސައްކަތް ފަށައިފި

ތ. ގާދިއްފުށީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސ،ް ފިޓްނަސް އެންޑް ރެކްރިއޭޝަނ،ް ޢަބްދުالله ރާފިޢު އެވެ.

މި ރަސްމިއްޔާތުގައ،ި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއ،ި ގާދިއްފުށީ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން 4005 އަކަފޫޓުގެ ސަރަޙައްދެއްގައ،ި ބިންގަނޑު ކޮނުމާއ،ި މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއ،ި ފުރާޅާއ،ި ދަވާދު ލުމުގެ މަސައްކަތްތަކާއ،ި ބޭރު ފަރުމާކުރުމުގެ މަސައްކަތްތައް ކުރެވޭނެއެވެ.

މި މަޝްރޫޢަކީ 5.34 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު