Saturday, October 31
ފެމިލީ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ޢަބްދުﷲ މުޙައްމަދާ ހަވާލުކޮށްފި

ފެމިލީ ކޯޓު ވަގުތީގޮތުން ހިންގުން އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދާ ޙަވާލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ ފެމިލީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އިބްރާހީމް މާހިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އިއްޔެ ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ.

އަލްއުސްތާޛު އިބްރާހީމް މާހިރަކީ 2010 ޖަނަވަރީ 19 އިން ފެށިގެން ފެމެލީ ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ފެމިލީ ކޯޓުގެ އިސްޤާޟީކަމަށް އަލްއުސްތާޛު އިބްރާހީމް މާހިރު ޢައްޔަންކޮށްފައިވަނީ 2022 އޮކްޓޫބަރު 23 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު