Saturday, October 31
ގާދިއްފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
ތ.ގާދިއްފުށީ ބަދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށްފައްޓަަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރުއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު  މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ގާދިއްފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާ އެވެ.
ތ.ގާދިއްފުށި ބަނދަރު ތަރައްޤީކުރމުގެ މަޝްރޫޢު

ކޮންޓްރެކްޓް އަގު (ވޭރިއޭޝަންއާއެކު): 85،788،143.28 ރުފިޔާ

ކޮންޓްރެކްޓްގެ މުއްދަތު : 580 ދުވަސް

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް

މި މަޝްރޫޢުގެ ދަށުން ގާދީއްފުށީ ބަނދަރު ބޮޑުކުރެވިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

- ބަނދަރާއި ނެރު ފުންކުރުން
- 318 މީޓަރުގެ އެލް-ބްލޮކް ޖައްސައި ބަނދަރު އެއްގަމުތޮށި ހެދުން
- 227 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަން ޖެހުން
- 289 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް އަދި 252 މީޓަރުގެ އެލް ބްލޮކްސް ޖައްސައި ސޭންޑް ފިލްޑް ބްރޭކްވޯޓަރ ހެދުން
- 145 މީޓަރުގެ ބޮޑުހިލައިގެ ޗެނަލް ބްރޭކްވޯޓަރ ޖެހުން
- 20x3 މީޓަރުގެ ޖެޓީއެއް ހެދުން
- 9 މީޓަރުގެ ބޮޑުހިލައިގެ ސަބްމާޖްޑް ބްރޭކްވޯޓަރ ޖެހުން
- 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން
- 1،365 އަކަމީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް އެޅުން

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު