Tuesday, November 3
ގާދިއްފުށި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފި

ތ. ގާދިއްފުށި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި ރައިސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިމަސައްކަތް ހަވާލުކުރީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއެވެ.

ޞިއްޙީ ވުޒާރާގައި މިކަމަށް ޓަކާ ބޭއްވި ޙައްސާ ހަފްލާގައި، މިނިސްޓްރީގެ ފަރާތުން ސޮައިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި ވެމްކޯގެ ފަރާތުން ސޮައިކުރެއްވީ ޖެނެރަލް މެނޭޖަރ، ބިޒިނަސް ޑެވެލޮޕްމަންޓް އެންޑް މާކެޓިންގ - އިސްމާޢިލް އުބައިދެވެ.

މި ޕްރޮޖެކްޓް އަކީ 12.8 މިލިއަން ރުފިޔާ އަށް 325 ދުވަސްތެރޭގައި ނިންމުމަށް ހަވާލޮށްފައިވާ ޕްރޮޖެކްޓެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު