Saturday, October 31
ތ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

ތ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށިގެން ދިޔައީ މިއަދު ތ.ގާދިއްފުށީގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއި އެކުގައެވެ.

މި ޚިދުމަތް ގާދިއްފުށީގައި ފއްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއެވެ. މިއާއި އެކު ބޭންކުން ވަނީ އެރަށަށް ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ރައީސްގެ މިދަތުރަށް ފަހު ވ،މ،ފއަދި ތ އަތޮޅުގައި މިހާރު ވަނީ ޚިދުމަތް ފެށިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު