Monday, October 12
ތ. ގުރައިދޫގައި އެއާޕޯޓް އެޅުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފި

ކޮޅުމަޑުލު ގުރައިދޫގައި ޤާއިމްކުރާ އެއަރޕޯޓް ތަރައްޤީކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްފިއެވެ.

ގުރައިދޫ އެއަރޕޯޓް ތަރައްޤީކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުއެވެ.

ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގުރައިދޫގައި މިހާރު ކުރިއަށްދާ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް މަޝްރޫޢަކީ އެއަރޕޯޓުގެ މަސައްކަތްކަމަށާއި، މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާ ރައްޔިތުންނާއި ހަވާލުކުރާނެކަމަށެވެ.

"މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މިއަދު މި ހަވާލުކުރެވުނު އެއަރޕޯޓުގެ މަޝްރޫޢުގެ މަސައްކަތް މާދަމާ ފަށައިގެން 22 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ނިންމާ ހަވާލުކުރާނަން." ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ގުރައިދޫގައި މިހާރު ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ އެހެން މަޝްރޫޢުތަކުގެ އެންމެ ފަހުގެ އަދާހަމަތައްވެސް ހިއްސާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު