ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްްޔާ ވަނީ ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރައްވާފަ އެވެ.
بقلوب مؤمنة بقضاء الله وقدره، تلقّينا نبأ وفاة سماحة الشيخ عبدالعزيز بن عبدالله آل الشيخ، المفتي العام للمملكة العربية السعودية ورئيس هيئة كبار العلماء. نسأل الله أن يتغمّده بواسع رحمته ويسكنه فسيح جناته.
نتقدّم بخالص التعازي إلى خادم الحرمين الشريفين الملك سلمان بن عبدالعزيز،… pic.twitter.com/CCXJv8G8KH— Dr Mohamed Muizzu (@MMuizzu) September 23, 2025
އަދި ހިތާމައިގެ މި ދަނޑިވަޅުގައި ދެ ހަރަމްފުޅުގެ ޚާދިމް, ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި ޝެއިޚްގެ އާއިލާއާ އެ ޤައުމުގެ ރައްޔިތުންނަށް ވަނީ ތައުޒިޔާ ދަންނަވާފަ އެވެ.
ޝެއިޚްގެ ވަކިވެވަޑައިގަތުން ރައީސް ސިފަ ކުރެއްވީ އިސްލާމީ އުންމަތަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ގެންދެވި ޢާލިމަކު ވަކިވެވަޑައިގަތުމެެއްގެ ގޮތުގަ އެވެ.





