Saturday, October 31
ބުރުނީގެ އެފްއާރުސީ ސެންޓަރުގެ ބިންގާ އަޅައިފި

ތ.ބުރުނީގައި އަޅާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ ބިންގާ މިއަދު އަޅައިފިއެވެ. އެފްއާރުސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުއެވެ.

ކޮޅުފުށީގައި ތަރައްޤީކުރާ އެފްއާރުސީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. އަރިހުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް އަދި ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.

ބުރުނޫގައި އެފްއާރުސީ ތަރައްގީކުރާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާ  ޙަވާލުކޮށްގެންވެ.

އެމްއޭސީއެލް އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 5.28 މިލިއަން ރުފިޔާއަށް 250 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.

ބުރުނީ އެފްއާރްސީ އިމާރާތް ނިމޭއިރު އިންޑޯ ހޯލަކާއި އިންޑޯ ޖިމަކާއި އެރޮބިކްސްއަށް ހާއްސަ ތަންތަން ހުންނާނެއެވެ. އަދި މީޓިން ރޫމަކާއި އޮފީސްބައެއްވެސް މި އެފްއާރްސީގައި ހުންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު