Saturday, October 31
މަޑުއްވަރީގައި ޤާއިމްކުރާ ކުނި މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅައިފި

ރ. މަޑުއްވަރީގައި ޤާއިމްކުރާ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

މަޑުއްވަރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަޑުއްވަރިއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި މިމަސައްކަތް އިފްތިތާޙް ކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއިބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އާއި ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ މުޖްތަބާ ޖަލީލް، ކައުންސިލް ރައީސް މުހައްމަދު ސާދިޤު ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖުކުރާނޭ ނިޒާމާއި ވަސީލަތްތައް ޤާއިމްކޮށްދެއްވާނެކަން އިޢުލާންކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު