Saturday, October 31
ނާލާފުށި އެފްއާރުސީގެ ބިންގާ އަޅައިފި

މ. ނާލާފުށީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ ( ރިޓަޔަރޑް) އަޙުމަދު ސަޢުދީއާއ،ި ނާލާފުށީ ކައުންސިލްގެ ރައީސާއި މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ބިންގަނޑު ކޮނުމާއ،ި މޭ ޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކު ރުމާއ،ި ފުރާޅު ހަރުކުރުމާއ،ި ދަވާދު ލުމުގެ މަސައްކަތްތައް ކުރެވޭނެއެވެ.

މި މަޝްރޫޢަކީ 4.61 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު