އާދިއްތަ, November 15
ވަޒީރު ސަޢީދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިނިސްޓަރ ސަޢީދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދެވެ.

މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ ވިޔަފާރިވެރިންނާ މިނިސްޓަރ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކުޅުދުއްފުށީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި މަޢުލޫމާތު ދިނުމުގެ ސެޝަނެއްގައި މިނިސްޓަރ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ބައްލަވާލައްވައި، މި ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައިވެސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު