Monday, November 2
ރާއްޖޭގައި ޗައިނާގެ ޔުއާން އިން އެކައުންޓު ހުުޅުވޭ ގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓެއް ތައާރަފްކޮށްފިއެވެ.

މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން މިހާރު ވަނީ އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން، ކަރަންޓް އެކައުންޓް ހުޅުވޭ ގޮތް ހަމަޖައްސާފައެވެ. އަދި މި ޚިދުމަތުގެ ދަށުން ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން އިންޓަރނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ފޮނުވުމާއި، ޔުއާންއިން ރާއްޖެއަށް ފައިސާ ލިބޭ ގޮތްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، އިމްޕޯޓް ކުރާ ފަރާތްތަކާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޗައިނީސް ޔުއާންއިން ލެޓަރ އޮފް ކްރެޑިޓް (އެލްސީ) ހެދޭ ގޮތް ވެސް ވަނީ ހަމަޖެއްސާފައެވެ.

ބީއެމްއެލުން ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓްކާޑުތަކާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އެޑްކޮށް ޗައިނާގެ މަރޗަންޓުންނަށް ފައިސާ ދެއްކޭނެގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ޕްލެޓްފޯމްގައި ދިވެހިންނަށް ފަސޭހައިން ފައިސާގެ މުއާމަލާތް ކުރުމަށް ހުޅުވިގެންދާ ފުރުސަތެއްކަމަށާއި، މީގެ ސަބަބުން ކަސްޓަމަރުންނަށް ޔޫއެސްޑީ ޑެބިޓް، ޔޫއެސްޑީ ކްރެޑިޓް އަދި ޓްރެވަލް ކާޑުތައްވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

ހަމަމިއާއެކު، ފުރަތަމަ ފަހަރަށް ބީއެމްއެެލްގެ ކަސްޓަމަރުންނަށް ވީޗެޓް ވޮލެޓަށް ޗައިނީސް ޔުއާންއިން ފައިސާ ލިބޭ ގޮތް ހަމަޖައްސައި، ވޮލެޓްގައި ހުންނަ ޗައިނީސް ޔުއާން ބޭނުންކޮށްގެން ޗައިނާގައި ފައިސާ ދެއްކޭނެކަމަށާއި، ވީޗެޓް ވޮލެޓް މެދުވެރިކޮށް އެހެން ފަރާތްތަކަށް ޓްރާންސްފަރވެސް ކުރެވޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންގްވާ، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު