އާދިއްތަ, November 15
މަަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި / މާޖެހިގެ، މާދިން މުޙައްމަދު ނަޞީރު (19އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ކަންނެލި ޖެޓީ ސަރަހައްދުން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މިގޮތުން އެ ސަރަހައްދުން ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މާދިން މުޙައްމަދު ނަޞީރުއަށް ފުލުހުން ފެނުމުން، އޭނާގެ އަތުގައި އޮތް އެއްޗެއްވަނީ އެއްލައިލާފައިވާ ކަމަށާއި، އެ ތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު