Saturday, October 31
ނިލަންދޫ ކުނިމެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ނިމިއްޖެ

ނިލަންދޫގެ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ނިންމާ ވެމްކޯއާ ހަވާލުކޮށްފިއެވެ.

މި މަރުކަޒު ވެމްކޯއާިއ ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމުހޫރިިއްޔާ އެރަށަށް ކުރެއްވި ޒިޔާރަތާއި ގުޅިގެންނެވެ.

މި މަރުކަޒާއި ވެމްކޯގެ ފަރާތުން ޙަވާލުވީ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލްއެވެ.

ނިލަންދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް އެޅުމުގެ މަސައްކަތް ވެހިކަން ބިލްޑާސްއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.

ނިލަންދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އަގަކީ 4,108,942.43 ރުފިޔާ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު