އަތޮޅު ތެރޭގެ ތަރައްގީއަށްޓަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވަނީ ވަރަށް އިހްލާސްތެރި މަސައްކަތްޕުޅުތަކެއް ކަމަށާ އެމަނިކުފާނަކީ އިންތިހާބަށް ކަޑަ ޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ވަރަށް ސާފު ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ މަލްޓި-ޕާޓީ ޑިމޮކްރަސީއެއްގައި، ރަށްރަށުގެ ތަރައްޤީއަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވަނީ އިޚްލާސްތެރި މަސައްކަތްޕުޅުތަކެއްކަމަށް އެމަނިކުފާނާ ސިޔާސީގޮތުން ޚިޔާލު ތަފާތު ބޭފުޅުންވެސް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
ރައްޔިތުންނާ ގާތަށް ވަޑައިގެން އެމަނިކުފާނު އެގެންދަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އެ ރައްޔިތުންގެ ކިބައިން އައްސަވައި ސާފުކުރައްވަމުންކަމަށާ އެކަންކަން އެ ރައްޔިތުން ބޭނުންވާ ގޮތަށް ފުރިހަމަކޮށްދެއްވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ޚިލާފަށް، ރައީސް ޑރ. މުޢިއްޒަކީ ހަމައެކަނި އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ވަރަށް ސާފު ކަމަށެވެ.
ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުގައި އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. ގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިފަދަ ކަންކަމަކީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައި ދެއްކުމަށް ވާދަވެރި ސިޔާސީ ބޭފުޅުން މަސައްކަތްކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގައި އައިޑީ ކާޑުގެ ޚިދުމަތް ފެށިފަހުން އެތައް އަހަރެއް ވެފައިވާއިރު، އަދި ލާމަރުކަޒީ ނިޒާމު ޤާއިމުވި ފަހުންވެސް 14 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެމީހަކު ދިރިއުޅޭ އަތޮޅުން އައިޑީ ކާޑުގެ ޚިދުމަތް ނުލިބި އޮތް އޮތުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އައިޑީ ކާޑު ހެދުން ފަދަ އަސާސީ ޚިދުމަތެއް ހޯދުމަށްޓަކައި ޖީބުން އެތައް ޚަރަދެއްކޮށް މާލެއިން އެޚިދުމަތް ހޯދުމުގައި އުފުލަންޖެހޭ ބުރަ އާއި ތަކުލީފުތައް އެންމެ ރަނގަޅަށް އެނގޭނީ އެ ބުރަ އުފުލަންޖެހުނު ރައްޔިތުންނަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.
އެ ރައްޔިތަކު ދިރިއުޅޭ ރަށަކުން އައިޑީ ކާޑު ހެދުމުގެ ހިދުމަތް ލިބިގެން ދިއުމުން މިހާރު މިވަނީ އެ ޚިދުމަތް ހޯދުމަށް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން މީގެ ކުރިން އުފުލަމުންދިޔަ ތަކުލީފު ނިމުމަކަށް އައިސްފައި ކަމަށް ވަޒީރު ވިދާޅުވި އެވެ.
ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު އެމަނިކުފާނު ރަނުން ރަނަށް ފުއްދަވާދެއްވަފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން