Saturday, October 31
ފުލިދޫ ބަނަދރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ފެލިދެއަތޮޅު ފުލިދޫގެ ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތް ފެށީ މިއަދު ރައީސުލްޖުމުހޫރިއްޔާ އެރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފެށްޓެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަބުދުﷲ މުއްތޮލިބުއެވެ.

ފުލިދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީންނެވެ. ފުލިދޫއަކީ ބަނދަރެއް ނެތް މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. 500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުލިދޫގައި މިހާރު އޮތް ބަނދަރަކީ ޖާގައިގެ ގޮތުން ކުޑަ ބަނދަރެއްކަމުން ބަނދަރުގެ ދަތިކަން ރައްޔިތުން ތަހައްމަލުކުރަމުން އަންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ.

ފުލިދޫ އަކީ ރާއްޖޭގައި ބަނަދަރު ހެދިފައިނުވާ މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު