Tuesday, October 13
ރާއްޖޭން އޮސްޓްރޭލިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ކޮމަންވެލްތް އޮފް އޮސްޓްރޭލިއާ އަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ސަފީރު މުޙައްމަދު ލުވޭޒް، ކެންބަރާގެ ގަވަރންމަންޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އޮސްޓްރޭލިއާގެ ގަވަރނަރ-ޖެނެރަލް ގަވަރނަރ ޖެނެރަލް ހަރ އެކްސެލެންސީ ދަ އޮނަރަބަލް ސަމަންތާ މޮސްޓީން އޭ. ސީ. އަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު ބައްދަލުވުމުގައި ސަފީރު ލުވޭޒް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް ހަރ އެކްސެލެންސީ ދަ އޮނަރަބަލް ސަމަންތާ މޮސްޓީން އޭ.ސީ. އަށް އަށް އަރިސްކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމު ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަފީރު ލުވޭޒްގެ އަރިހުގައި ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ، އާމިނަތު ލަމްޙާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މުޙައްމަދު ލުވޭޒް ޢައްޔަން ކުރެއްވީ 3 މާރޗް 2025 ގައެވެ. ސަފީރު ލުވޭޒް މިހާރު ހުންނެވީ ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު