ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ފ. ނިލަންދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 13,300 އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 20 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އެ ވުޒާރާއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އިޢުލާނުގައި ވަނީ އެދިފައެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 05 އޮކްޓޫބަރު 2025 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރުމަށް އެ ވުޒާރާއިން އެދިފައިވެއެވެ.
މި މަސައްކަތުގެ ބީލަން ފޮތް ގަތުމަށް އެދޭ ފޯމު އެ ވުޒާރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާއިރު، ބީލަން ފޮތް ލިބޭނީ ސެޕްޓެންބަރު 18 އިން ނޮވެންބަރު 18 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ރިސެޕްޝަނުންނެވެ.
،މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ނޮވެންބަރު 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެއެވެ.
މި ލިޔުން ކިޔާލުމުން