އާދިއްތަ, November 15
ޕާސްޕޯޓު ކާޑުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި
ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ދެމުންގެންދާ ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ ސިސްޓަމް އަޕްގްރޭޑް ކުރުުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށްދާތީ، ޕާސްޕޯޓު ކާޑުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އިމިގްރޭޝަނުން ވަނީ މަޢާފަށް އެދިފައެވެ. ޕާސްޕޯޓު ކާޑަކީ އިމިގްރޭޝަނުން ތަޢާރަފްކޮށްފައިވާ ތަފާތު ބަޔޯމެޓްރިކް މަލްޓި ޕާޕަސް އިލެކްޓްރޯނިކް ކާޑެކެވެ. ޕާސްޕޯޓް ކާޑަކީ އައިސީއޭއޯގެ ޑޭޓާ ސްޓޭންޑަޑްތަކަށް ތަބާވާ އައިޑެންޓިޓީ ޓްރެވަލް ޑޮކިއުމަންޓެކެވެ. މީގެ އިތުރުން ޕާސްޕޯޓް ކާޑުގައި މާލީ މުއާމަލާތްތަކަށް އީއެމްވީގެ މިންގަނޑުތަކަށް ފެތޭ މާސްޓަކާޑްގެ ހިދުމަތްތައް ވެސް ގާއިމްކޮށްފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު