Saturday, October 31
އައްޑޫގެ ދަތުރުފަތުރު ހަރުދަނާކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނާއި އައްޑޫ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައިވަނީ ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކުރެއްވީ، މިނިސްޓަރ މުޙައްމަދު އަމީން މިހާރު އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ. މިއީ ބައްދަލުވުމުގައި އައްޑޫގައި ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އަދި ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު