Tuesday, October 13
ޕާޕުއާ ނިއު ގިނީގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ޕާޕުއާ ނިއު ގިނީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޖަސްޓިން ކަޗެންކޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ އަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎މިނިސްޓަރުގެ މެސެޖު ގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ޕާޕުއާ ނިއު ގިނީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް ފޮނުއްވިއެވެ.

‏‎ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގައި ދިވެހިރާއްޖެ އާއި ޕަޕުއާ ނިއު ގިނީ އިން ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަވެގެންދާނެކަން އުއްމީދު ކުރަްވާނެ ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު