އާދިއްތަ, October 11
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަޤާމަށް ޝަފީޤް ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްކަމަށް، މ.ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

‎މުޙައްމަދު ޝަފީޤް މަޙްމޫދު އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.

މުޙައްމަދު ޝަފީޤް މަޙްމޫދު އެޗްއާރުސީއެމް ގެ ނާއިބް ރައީސް ކަމުގެ މަޤާމަށް  އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވީ އިއްޔެ ބޭއްވި މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު