ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމަށް، މއ.ސިގްމާ، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މ.ފަލްކަންގެ، މުޙައްމަދު ނާޞިޙް މިއަދު ޢައްޔަންކުރައްވައިފިއެވެ.
މި ދެބޭފުން މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީންނެވެ.
މި ދެބޭފުޅުން މިމަގާމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވީ އިއްޔެ ބޭއްވި މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ.
މި ލިޔުން ކިޔާލުމުން