Monday, November 2
ރައީސް ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ބޮޑުތަކުރުފާނު މަގު މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.

ރައީސް ޕްރޮޖެކްޓް ސައިޓަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީގެ އިތުރުން ސަރުކާރާއި އެމްޓީސީސީގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، މާލޭގައި ފުޅާ އަދި މީހުންނަށް ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ މަގުތައް ހެދި، ޓްރެފިކް ތޮއްޖެހުން ކުޑަވެގެންދާނެއެވެ. އަދި މަގުތަކުގައި ފެންބޮޑުވުން ކުޑަކުރުމުގެ ގޮތުން ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމްކުރެވި، ރައްކާތެރި ބިނާރެއް ޤާއިމްކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު