Tuesday, October 13
ކޮސްޓަ ރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ކޮސްޓަ ރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އަރނޮލްޑޯ ރިކާރޑޯ އާންޑްރޭ ޓިނޯކޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‏‎މިނިސްޓަރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ކޮސްޓަ ރިކާ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވިއެވެ.

ދިވެހިރާއްޖެއާއި ކޮސްޓަ ރީކާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމާއި އެއްބާރުލުން މުސްތަޤުބަލުގައި އިތުރަށް ކުރިއަރައި ވަރުގަދަވެގެންދާނެ ކަމަށް ޔަޤީންކުރާކަމަށް ވިދާޅުވިއެވެ.

‏‎

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު