އާދިއްތަ, November 1
ހުޅުމާލޭ ފިހާރައެއްގެ އަންހެން މުވައްޒަފުންތަކަކާ ފޮށުނު ފިރިހެނަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފިހާރައެއްގެ އަންހެން މުވައްޒަފުންތަކަކާ ފޮށުނު ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ އަންހެނުންތަކަކާ ފޮށުނު ކަމުގެ ތުހުމަތުގައި 55 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ 18:05 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު