ނިންމުންތައް ނިންމާ ކޮންމެ މަރުހަލާއެއްގައިވެސް އަންހެނުންނާއި ޒުވާނުން ތަމްސީލުކުރާ މިންވަރު އިތުރުކޮށް، ބުރަދަން ހުރި ގޮތެއްގައި ދިވެހީންގެ އަޑު އަހައި، އެކަމަށް މަގު ފަހިކޮށްދެއްވުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ 'އެކްސް' އެކައުންޓުގައި ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ލަނޑުދަނޑިއަށް ވާސިލުވުމަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމަށާއި، އެބަޔަކަށް ޙައްޤު ޖާގަ ހޯދުމަށް މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްކަކާއެކު، ވަކީން ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ އޮންނާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ދެއްވާފައިވެއެވެ.
Today, as we mark the #InternationalDayofDemocracy, let us stay dedicated to our journey towards greater representation of women and youth, ensuring that all Maldivian voices are heard and valued at every level of decision-making.
Today, as we reflect on the values of democracy,…
— Dr Mohamed Muizzu (@MMuizzu) September 15, 2025
އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީގެ އަގުކުރުންތަކާމެދު ވިސްނައި ފިކުރުކުރާއިރު، ދުނިޔޭގައި އެމީހުންނަށް ހައްގު މަގާމު ހޯދުމަށް މަސައްކަތްކޮށް އެކަމުގައި ގުރުބާންވަމުންދާ ހުރިހާ އެންމެން މަތިން މިއަދު ހަނދާންކޮށް އެމީހުންނާއެކު ދިވެހިން ތިބޭނެ ކަމަށެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމަށް ޔުނައިޓަޑް ނޭޝަންސް ޖެނެރަލް އެސެމްބްލީއިން ނިންމެވީ 2007 ވަނަ އަހަރުއެވެ. އަދި ރަސްމީ ގޮތެއްގައި ފުރަތަމަ ފަހަރަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަހެއް ފާހަގަކުރީ ސެޕްޓެމްބަރ 15، 2008ގައިއެވެ. ސެޕްޓެމްބަރ 15 ވަނަ ދުވަސް ކަމުގައި ނިންމަވާފައިވަނީ، މި ދުވަހަކީ ޑިމޮކްރަސީގެ އުސޫލުތައް ކަށަވަރުކޮށްދޭ 'ޔުނިވަރސަލް ޑެކްލަރޭޝަން އޮން ޑިމޮކްރަސީ'، 1997 ވަނަ އަހަރު، އިންޓަރޕާލަމެންޓްރީ ޔޫނިއަންއިން ބަލައިގެންނެވި ދުވަސް ކަމުގައިވާތީއެވެ. މި ދުވަހަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ މުހިންމުކަން ހަނދާންކޮށްދީ، ސިޔާސީ މަރުހަލާތަކުގައި ރައްޔިތުންގެ ހަރަކާތްތެރިވުން އިތުރުކުރުމަށް ހިތްވަރުދެނިވި ދުވަހެކެވެ.
މި ލިޔުން ކިޔާލުމުން