Saturday, October 31
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމައިފި

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމުގެ ޚާއްޞަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި އިންސްޕެކްޝަން ކުރިއަށް ގެންދާނީ މިމަހުގެ 21 ން 31 ގެ ނިޔަލަށް މާލެ ސަރަހައްދުގައިކަމަށެވެ.

މި އިންސްޕެކްޝަންގައި ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކޮށް އެފަދަ ތަންތަނުގެ މައުލޫމާތު އާއްމުކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

މިއީ ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ސިޓީ ކައުންސިލް އަދި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިންސްޕެކްޝަނެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު