Saturday, October 31
ނިލަންދޫން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

ފ. ނިލަންދޫން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާ މައްސަލަ ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 22:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސެޕްޓެންބަރު 14 ވަނަ ދުވަހުގެ ހަވީރު ގެއިން ނުކުތް ގޮތަށް އެ ކުއްޖާގެ ޚަބަރެއް ވެފައި ނުވާ ކަމަށް ޢާއިލާއިން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާ ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު