Saturday, October 31
މެޑަމް ނަސްރީނާ ފަރުވާއަށް ފަހު ގެއަށް ވަޑައިގެންފި
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވީ މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން ނަސްރީނާގެ ޙާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން ގެއަށް އަތުވެއްޖެ ކަމަށެވެ. މެޑަމް ނަސްރީނާ އިންފެކްޝަނަށް ފަރުވާ ހޯއްދެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އެނދުމަތިކުރެއްވީ މިދިޔަ ހަފުތާގައެވެ. އަދި އެކަމަނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން މުވައްޒަފުން ދެއްކެވި އޯގާތެރިކަމާއި އަޅާލުން ފާހަގަކުރައްވައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ޢާއިލާއިން ވަނީ ޝުކުރު ދަންނަވައިފައެވެ. މެޑަމް ނަސްރީނާއަކީ ރައީސް މައުމޫންގެ އަނބިކަނބަލުންގެ ގޮތުގައި 1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ފަސްޓް ލޭޑީގެ މަޤާމުގައި ހުންނެވި ބޭކަނބަލެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު