Saturday, October 31
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޮއިކުރެވުނު އެއްބަސްވުންތަކުގެ އަދަދު 3،119 އަށް
ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން މިހާތަނަށް 3،100 އަށް ވުރެ ގިނަ ފުލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ. މިގޮތުން އެފްޑީސީން ހާމަކުރި ގޮތުގައި އިއްޔެއާ ހަމައަށް 3،119 އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިހާތަނަށް ތާވަލުކުރެވިފައިވަނީ 3،131 އެއްބަސްވުމެކެވެ. އެފްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުން ކަމަށެވެ. މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު